ޚަބަރު

ދިވެހިން ރާއްޖެއިން ބޭރުގައިކުރާ ހަރަދުތަކުގެ ސާވޭއެއް ފަށަނީ


ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާއި ގުޅޭ ގޮތުން ކޮންމެ އަހަރަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުން އަންނަ ސާރވޭ އަންނަ ހަފްތާގައި ފަށާ ގޮތަށް ހަމަޖެހިފައިވާ އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.މިއީ ދިވެހިންނާއި ބޭރުގެ ފަރާތްތަކާއި ދެމެދު ކުރެވޭ އިޤްތިސާދީ މުޢާމަލާތްތަކާއި ގުޅޭ ތަފާސް ހިސާބުތައް ތައްޔާރުކުރުމަށް ކުރެވޭ ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 25ހުން ފެށިގެން އެއްތިރީހުގެ ނިޔަލަށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ހޯލުގައެވެ.އެމް.އެމް.އޭއިން މައުލޫމާތު ދޭ ގޮތުގައި މި ސާރވޭގައި ފަރުދުންގެ އަމިއްލަ އެއްވެސް މައުލޫމާތެއް އެއް ނުކުރެވޭނެ ކަމަށާއި، ނަމަވެސް ރާއްޖެއިން ބޭރުގައި ދިވެހިން އެކި ކަންކަމަށް ފައިސާ ޚަރަދު ކުރައްވާ ގޮތުގެ މައުލޫމާތު އެއްކުރެވޭނެ ކަމަށެވެ. އެގޮތުން އެއްކުރެވޭނީ، ދަތުރުގެ މަޤްސަދާއި، ދަތުރުކުރި ޤައުމާއި، ޓިކެޓާއި، ކެއުމާއި ހުރުމުގެ ޚަރަދާއި، ބޭސްފަރުވާ އަށް އަދި ދަތުރުފަތުރަށް ހޭދަވި ޚަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މައުލޫމާތު އެއްކުރެވޭނެ ކަމަށް އެމް.އެމް.އޭއިން ހާމަކުރެއެވެ. އަދި މިއީ ސުކޫލް ބަންދާއި ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެނބުރި މާލެ އަންނަން ފަށާ ދުވަސްވަރު ކަމުން، ވިހާވެސް ގިނަ ދިވެހިން މި ސާރވޭއަށް އެއްބާރުލުން ދިނުމަށް އެމް.އެމް.އޭއިން އެދިވަޑައިގަންނަވައެވެ.