ޚަބަރު

އެމްޑަބްލިއުއެސްސީގެ އާ އިމާރާތުގެ ބައެއް ފަންގިފިލާތައް ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތައް ހިންގަން ދޫކުރަނީ


މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އާ އިމާރާތުގައި ނުނިމި ހުރި ފަންގިފިލާތައް ޚާއްޞަކުރެވިގެންދާނީ އެ ކުންފުނީގެ އިންސްޓިޓިއުޓަށާއި ސަރުކާރުގެ އޮފީސްތައް ހިންގުމަށްކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އާ ޢިމާރާތުގައި ކަސްޓަރމަ ސަރިވސް އިމާރާތުގެ އެންމެ ތިރީ ފަންގިފާލާއާ ލައިގެން 3 ފަންގިފިލާ މިއަދު ހުޅުވާފއިވާއިރު، މި ޢިމާރާތުގެ އެހެނިހެން ފަންގިފިލާތައް ޚާއްޞަކޮށްފައިވަނީ ފެނާ ނަރުދަމާގެ މަސައްކަތްކުރާ ފަރާތްތަކަށް އިތުރު މަޢުލޫމަތާއި ތަމްރީނު ދިނުމުގެ އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ވިދާޅުވީ ޓްރެއިނިންގ އިންސްޓިޓިއުޓް މެދުވެރިކޮށް ރަށްރަށުގައި ތިބި މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި ކަމާބެހޭ އިދާރާތުގެ ފަރާތްތަކަށް އެކި މަސައްކަތު ބައްދަލުވުންތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މިހާރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ސިލަބަސް ތައްޔާރުކުރުމާއި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މި އިންސްޓިޓުއުޓްގެ ޒަރިއްޔާއިން ރާއްޖޭގެ މަސައްކަތްތެރިންގެ އިތުރަށް ބޭރުގެ ފަރާތްތައްވެސް ތަމްރީނުދޭނެ ފުޒުލް ރަޝީދު ވިދާޅުވިއެވެ.

"އިންސްޓިޓިއުޓްގެ ޒަރިއްޔާއިން ރަށްރަށުގައި ފެނާ ނަރުދަމާ ޤާއިމްކުރާ ފަރާތްތަކުގެ އިތުރުން މަސައްކަތް ނިންމުމަށްފަހު ހަވާލުކުރާ ފަރާތްތަށް ތަމްރީންކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދާނެ. މިގޮތުން މި ޚިދުމަތްތައް ދެވެން ފެށުމާއެކު މި ކުންފުނީ އެއް ފުރާޅެއްގެ ދަށުން އެތައް ޚިދުމަތްތަކެއް ލިބިގެންދާ ކުންފުންޏަކަށް ވެގެންދަނެ." ފަޒުލް ވިދާޅުވިއެވެ.

ޓްރެއިނިން އިންސްޓިޓިއުޓް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ މި ޢިމާރާތުގައި 126 ޖާގައިގެ އޮޑިޓޯރިއަމެއްވެސް ޤާއިމުކުރާނެކަމަށެވެ. އަދި ބޭރުގެ ކަމާގުޅުން ހުރި ތަޖުރިބާކާރުންގެ އެހީގައި މި އޮޑިޓޯރިއަމްގައި މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ކުރިއަށްގެންދިއުމުގެ ވިސްނުން ގެންގުޅޭކަމަށް ފަޒުލް ވިދާޅުވިއެވެ.

މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށްދިނުމުމުގެ މަޤުޞަދުގައި 1995 ވަނައަހަރު ވުޖޫދަށް ގެނައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ވަނީ ކުންފުނީގެ 23 އަހަރުގެ މާޟީގައި ގިނަ ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދައިފައެވެ. ދިވެހިންގެ ފެން ކުންފުނިން ވަނީ ފެނާއި ނަރުދަމާގެ އިތުރުން އިންޖިނިއަރިންގއާއި މެނުފެކްޗަރިންގ ގެ އިތުރަށް ވިޔަފާރީގެ ދާއިރާގައި ފައިހަމަކޮށްފައެވެ.