ޚަބަރު

ޖުމްހޫރީ ދުވަހުގެ ޝަރަފުގެ ހިނގާލުން ބާއްވައިފި


ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ ޝަރަފުގެ ހިނގާލުން މާލޭގައި ބާއްވައިފިއެވެ.

ދިވެހި ޖުމްހުރިއްޔާއަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް އެމްއެންޑީއެފުން ބޭއްވި މި ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ސިފައިންގެ މައިމަރުކަޒު ބަންޑާރަކޮށިން ފެށިގެން ގޮސް ކަޅުތުއްކަލާ ކޮށްޓާއި ހަމައަށެވެ. އެގޮތުން ބަންޑާރަކޮށިން ފެށިގެން ބޮޑުތަކުރުފާނުމަގުގެ ތިން ހިސާބަކަށް ޕެރޭޑް މަޑުކޮށްފައިވާއިރު މި ޕެރޭޑުގައި ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ޤައުމީވަންތަ ދިވެހި ލަވަތަކަށް އެމްއެންޑީއެފްގެ ބޭންޑުން މިއުޒިކްކުޅެފައިވެއެވެ.

އެމްއެންޑީއެފްއިން ބޭއްވި މި ޕެރޭޑްގެ ހަރަކާތްތައް ބަލާލުމަށްޓަކައި ގިނަ ޢަދަދެއެގެ އާންމުންނާއި ކުޑަކުދިން މަގުމައްޗަށް ނުކުމެފައިވެއެވެ. އެކި ދުވަސްތަކާ ގުޅުވައިގެން އެމްއެންޑީއެފްއިން އަބަދުވެސް މިފަދަ ޙަރަކާތްތައް ބާއްވާކަން ފާހަގަކޮށްލެވެއެވެ. މިފަދަ ޙަރަކާތްތަކަކީ ޢާންމުންގެ މެދުގައި ވަރަށް މަޤްބޫލު ހަރަކާތްތަކެކެވެ.