ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމަށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އުތީމުގައި ދިދަ ނެގުމުގެ ޙާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވި މިރަސްމިއްޔާތުގައި ސަރުކާރުގެ އެކި އިދާރާތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އުތީމުގައި އެކިއެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އުތީމު ކައުންސިލް އިން ވަނީ ނިންމާފައެވެ. އެގޮތުން ކުޑަކުދިންގެ ހަވީރަކާއި ސިފައިންގެ ޑްރިލްގެ ހަރަކާތްތައް މިއަދު ހަވީރު އެ ރަށު ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.