ޚަބަރު

ހައްދުންމަތީ ބޮޑު މަގުގެ މަޝްރޫޢު ރައީސް ފައްޓަވައިދެއްވައިފި


ހައްދުންމަތީ ފޮނަދޫ ގަން ލިންކްރޯޑް ނުވަތަ ބޮޑު މަގުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފި.ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއު އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއެވެ.ހައްދުންމަތީ ގަމާއި މާންދޫއާއި ކައްދޫގެ އިތުރުން ފޮނަދޫ ގުޅުވައިދޭ މި ލިންކްރޯޑަކީ ރާއްޖޭގައި އޮތް މިފަދަ އެންމެ ދިގު މަގުކަމަށްވާއިރު ކައްދޫ އެއަރޕޯޓަށް ކޮންމެ ދުވަހަކު އައިސްގޮސްވާ މީހުންނާއި މާންދޫގެ މަސްބަންދުކުރާ ކާރުހާނާއަށް ކޮންމެދުވަހަކު ދަތުރުކުރާ މީހުންނާއި ގަމު ރީޖަނަލް ހޮސްޕިޓަލަށް ދަތުރުކުރާމީހުންވެސް ބޭނުންކުރުމަށް އޮންނަ ހަމައެކަނި މަގަކީ މި ލިންކް ރޯޑެވެ.މި މަގު ރަނަގޅުފެންވަރަކަށް ހެދުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ލ ގަމާއި ފޮނަދޫ ގުޅުވައިދޭ މި ލިންކް ރޯޑަކީ ސޯޅަ ޕޮއިންޓް ފަހެއް ކިލޯ މީޓަރުގެ މަގެކެވެ.