ޚަބަރު

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތްތައް ނިންމާލައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންްރެކްޓިންގ ކޮމްޕެނީއާއި ހަވާލުކޮގެން ކުޅުދުއްފުށީ އެއަރޕޯޓްގައި ކުރަމުންއައި ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށީ އެއަރޕޯޓް ރަންވޭއާއި ޓެކްސީވޭއާއި ފްލައިޓް ޕަރކިންގ އޭރިއާގެ މަސައްކަތެވެ. އެމްޓީސީސީން ބުނީ ރަންވޭއާއި ގުޅުވައިގެން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އެހެން ނަމަވެސް އެއަރޕޯޓުގެ އިން ވަކިކުރުމަށްޓަކާއި ޖަހާ ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ފަހުން ހަވާލުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެމަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ކުޅުދުއްފުށީގައި އެއަރޕޯޓް ތަރައްޤީކުރުުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެމަސައްކަތުގެ ދަށުން 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ޑޮމެސްޓިކް ޓަރަމިނަލެއް ހިމެނޭ ގޮތަަށް އެއަރޕޯޓް ވަނީ ތަރައްޤީކޮށްފައެވެ.

އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓްތައް ކުޅުދުއްފުށީ އެއަރޕޯޓަށް ޖައްސާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.