ޚަބަރު

ފޮރިން މިނިސްޓްރީގެ އިސްވެރިޔަކު ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަން ފަށައިފި


ފޮރިން މިނިސްޓްރީގެ އިސްވެރިޔަކު ޖިންސީ ފުރައްސާރަކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖިންސީ ފުރައްސާރަކުރިކަމަށް ތުހުމަތުކޮށް އެމިނިސްޓްރީގެ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެމައްސަލައިގެ އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މައްސަލައިގެ ތަފްސީލް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ނުވިނަމަވެސް، މިއީ އެމިނިސްޓްރީގެ އިސް ވެރިޔަކާ ގުޅުންހުރި މައްސަލައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ޚަބަރުތައް ފެތުރެމުންނެވެ. އަދި މައްސަލަ ރައްދުވާ ފަރާތުން ފޮރިން މިނިސްޓްރީގެ 3 މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށްވެސް ބައެއް ޚަބަރުތައް ބުނެއެވެ.