ދުނިޔެ

ސީއައިއޭއާއި ބެހޭގޮތުން ނެރުނު ރިޕޯޓަކީ ހަޤީގަތެއްނޫން - ޑިކްޗޭނީ


އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭއިން
ހައްޔަރުކުރާ މީހުންނާ ސުވާލުކުރުމުގައި ގެންގުޅޭ ހަރުކަށި އުސޫލުތައް ބަޔާންކޮށް
އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ހަޤީޤަތާ ޚިލާފު
ލިޔުމެއް ކަމަށް އެގައުމުގެ ކުރީގެ ނައިބު ރައީސް ޑިކް ޗެއިނީ ވިދާޅުވެއްޖެއެވެ.



އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް ޑަބްލިއު ބުޝްގެ
ރިޔާސަތުގައި ސީ.އައި.އޭއިން ތަންފީޒުކުރި މިއުސޫލުތަކުގެ ދިފާޢުގައި ވާހަކަ
ދައްކަވަމުން އޭރު އެމެރިކާގެ ނައިބު ރައީސް ކަމުގައި ހުންނެވި ޗެއިނީ ވިދާޅުވީ، ސީ.އައި.އޭގެ މިއުސޫލުތަކުގެ ސަބަބުން އެމެރިކާއަށް އަމާޒުވި އެތައް ހަމަލާއެއް
ހުއްޓުވާފައިވާ ކަމަށެވެ.



އަދި 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު
އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ މީހުން ހައްޔަރުކުރުމުގައި
ވެސް މި އުސޫލުތަކުގެ ފައިދާ ފެނިފައިވާ ކަމަށް ވެސް އެމެރިކާގެ ކުރީގެ ނައިބު
ރައީސް ވިދާޅުވިއެވެ.