ޚަބަރު

ހާލުގައި ޖެހިފައިވާ ބޯޓު ކަފުޖެހުމަށް ޓަގު ބޯޓެއް ފޮނުވާލަނީ


ޙާލުގަ ޖެހުނު އެސްޓީއޯ ބޯޓުގެ އިންޖީން ސްޓާރޓް ނުވިކަމަށާއި ބޯޓު ކަފުޖެހުމަށް ޓަގު ބޯޓެއް ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ އިންޑިއާއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ އެސްޓީއޯގެ މުދާ އުފުލާ ބޯޓު "ބޮންތި 2" ގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރަން މިއަދު ހެނދުނުން ފެށިގެން ކުރި މަސައްކަތުންވެސް މައްސަލަ ހައްލުވެ އިންޖީނު ސްޓާރޓް ވާގޮތް ވެފައި ނުވާކަމަށެވެ. އެހެންކަމުން އެމްއެންޑީއެފްގެ ސީޖީ ޑައިވަރުން މާލެ އައުމަށް ދަތުރުފަށާފައިވާއިރު ބޯޓު ކަފުޖެހުމަށް އެމްޓީސީސީ ގެ ޓަގު ބޯޓެއް ފުރާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އިންޑިއާއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ އެސްޓީއޯގެ މުދާ އުފުލާ ބޯޓު "ބޮންތި 2" ގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓި ޙާލުގަ ޖެހި އެކަން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރުފަހު 14:10 ގައެވެ.

އެސްޓީއޯގެ މުދާ އުފުލާ ބޯޓު "ބޮންތި 2" ގެ ބުރަފަތީގައި ވަލެއް އޮޅިފައިވަނީ ހދ. ކުޅުދުއްފުށީގެ 188 މޭލު ބޭރުންނެވެ.