ޚަބަރު

"ވީއައިއޭ" ގެ ރަސްމީ މެގަޒިން އިފްތިތާހްކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ރަސްމީ މެގަޒިން "ވީއައިއޭ މޯލްޑިވްސް" އިފްތިތާހްކޮށްފިއެވެ. މިއީ މި މެގަޒިންގެ ފުރަތަމަ އެޑިޝަންއެވެ. އެއާޕޯޓްގެ މާމަހި އެކްޒިކިއުޓިވް ލައުންޖްގައި ބޭއްވި ރަސްމިއްޔާތުގައި މި މެގަޒިން ނެރެދެއްވީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.

މި ރަސްމިއްޔާތުގައި އެ މެގަޒިންގެ ވެބްސައިޓާއި އަދި ސޯޝަލް މީޑިއާގެ އެކައުންޓްތައްވެސް ވަނީ ލޯންޗްކޮށްފައެވެ. އެއާޕޯޓްސް ކުންފުނިން ބުނީ މި މެގަޒިންއިން ރާއްޖެއާއި އަދި ވެލާނާ އިންޓަނޭޝަނަލް އާބެހޭ ޚަބަރާއި ތަފާތު މައުލޫމާތުތައް ލިބިގެން ދާނެ ކަމަށެވެ. މިގޮތުން އެއާޕޯޓްގެ ޚިދުމަތްތަކާއި، އަތޮޅުތަކާއި އަދި ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސްގެ މައުލޫމާތު ހިމެނޭކަމަށް އެއާޕޯޓްސް ކުންފުނިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ރަސްމީ މެގަޒިން އިފްތިތާޙް ކޮށްފައިވާއިރު އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެލެވް މާރކެޓް ގެ ތެރެއިން ވަނީ ވީއައިއޭ މޯލްޑިވްސްގެ ނަމުގައި އެއަރޕޯޓު އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމަތު ހިމެނޭ މަޖައްލާއެއް ވެސް ނެރެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން މިހާރުވެސް 4.4 މިލިއަން ފަތުރުވެރިންނަށް ދަނީ ޚިދުމަތް ދެމުންނެވެ. އަދި މި މެގަޒިން ނެރުމުން ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށްވެސް އެއާޕޯޓްއިން ބުނެއެވެ. މިމެގަޒިންއަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތިންކް އެޑްވަޓައިޒިންނާއި ހަވާލުކޮށްގެން ނެރުނު މެގަޒިންއެކެވެ.

މި މެގަޒިން އެއާޕޯޓްސް މުހިންމު އެކި ސަރަހައްދުތަކުން ލިބޭނެކަމަށްވެސް އެއާޕޯޓުން ބުނެއެވެ.
ވެލާނާ އިންތާރނޭޝަނަލް އެއއަރޕޯޓުގެ ޚިދުމަތަށް 52 އަހަރުވެފައި ވާއިރު އެކި އެއާލައިންތަކުން ދުނިޔޭގެ 35 މަންޒިލަކަށް މިހާރުވެސް ދަތުރުކުރަމުންދެއެވެ.