ޚަބަރު

ހާލުގަ ޖެހުނު އެސްޓީއޯ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި


ހާލުގަ ޖެހުނު އެސްޓީއޯ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ އިންޑިއާއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ އެސްޓީއޯގެ މުދާ އުފުލާ ބޯޓު "ބޮންތި 2" ގެ ބުރަފަތީގައި ވަލެއް އޮޅިގެން ޙާލުގަ ޖެހި އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރުފަހު 14:10 ގައި ކަމަށެވެ.

ކޯސްޓުގާޑުގެ ޑައިވަރުން ފުރީ ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި އެމްޓީސީސީ ލޯންޗުގައި ރޭ 10:18ގައި ކަމަށާއި،
އެ ލޯންޗަށް ކާގޯ ބޯޓު އޮތް ހިސާބަށް ދެވުނީ މިއަދު ހެނދުނު 9:10 އެއްގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރު ބޯޓަށް ދިމާވި މައްސަލަ ޙައްލުކުރުމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ޑައިވަރުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެސްޓީއޯގެ މުދާ އުފުލާ ބޯޓު "ބޮންތި 2" ގެ ބުރަފަތީގައި ވަލެއް އޮޅިފައިވަނީ ހދ. ކުޅުދުއްފުށީގެ 188 މޭލު ބޭރުން އޮއްވައެވެ.