ޚަބަރު

ރައީސް ނަޝީދު އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފި


ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހިތަދޫ އުތުރު ދާއިރާގެ އެކި އުމުރުފުރާގެ ރައްޔިތުން ބައިވެރިވިއެވެ. އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެ ދާއިރާގެ ރައްޔިތުން ދެއްވި ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވަޑައިގެންނެވިއެވެ. ރައީސް ނަޝީދު އިއްޔެ އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ފޭދޫ ރައްޔިތުންނާވެސް އިއްޔެ ހަވީރު ވަނީ ބައްދަލު ކުރައްވާފަވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ބޮޑު އަޣުލަބިއްޔަތެއް ދިން އައްޑޫ ސިޓީއަށް ރައީސް ނަޝީދު މި ކުރެއްވި ދަތުރުފުޅަކީ 2014 ވަނަ އަހަރަށްފަހު އައްޑޫ ސިޓީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މިއީ ތިން އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގެންނެވި ފަހުން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.