ޚަބަރު

މިރޭވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ - މެޓް އޮފީސް


މިރޭގެ ބައެއް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކައް ރާއްޖޭގެ އެކި ހިސާބުތަކައް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މޫސުން ލަފާކޮށް ޢާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށާއި، އުތުރާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން މިރޭ 8 އަކުން ފެށިގެން މާދަމާ ރޭގަނޑު 8 ޖެހުމާއި ހަމައަށް ރާއްޖޭ ގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެގޮތުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރެއެވެ. އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ކެރި ގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލުގެ ބާރު މިނުގައި ވައިގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރަށް ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ލަފާ ކުރާ ގޮތާމެދު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ދެކުނު ގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.