ޚަބަރު

12 ވަނަ "މައިކަޕް" ފުޓްބޯޅަ މުބާރާތުގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ހއ. އިހަވަންދޫގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ 'މައިކަޕް' ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ(މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރަތް މިފަހަރުވެސް އިންތިޒާމު ކުރަނީ ކުލަބް ޕޯލްސް ސްޓާރ އިންނެވެ.

ޕޯލްސްޓަރ އިން މިހާރު ވަނީ މިއަހަރުގެ މުބާރާތުގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހުގެ 25 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރެވޭނެ ކަމަށް ޕޯލް ސްޓަރއިން ބުނެއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫ ޒުވަނުންނަށާއި އިހަވަންދޫ ފިޔަވައި ހއ އަތޮޅުގެ ކުލަބު ޖަމުއްޢިއްޔާތަކާއި ކުންފުނިތަކާއި ރިސޯރޓްތަކާއި ސަރުކާރު މުއައްސަސާތަކުގެ ޓީމުތަކަށެވެ. މުބާރާތުގެ ކުޅުން އޮންނާނީ އަންނަ ޑިސެމްބަރ މަހު 12 ވަނަ ދުވަހުކަން ޕޯލް ސްޓަރއިން ވަނީ އިޢުލާން ކޮށްފައެވެ.

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުގެ މުބާރާތުގަވެސް ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓިމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީގެ ގޮތުގައި ޕޯލް ސްޓަރ އިން ކަނޑައަޅާފައިވަނީ 2000 ރުފިޔާއެވެ.