ޚަބަރު

ފުވައްމުލަކު އައިޑިއަލް ސްކޫލުން ޓެލެންޓްޝޯވ އެއް ބާއްވައިފި


ފުވައްމުލަކު އައިޑިއަލް ސްކޫލުން ޓެލެންޓްޝޯއެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ޏ އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގަ ބޭއްވި މި ޓެލެންޓް ޝޯވގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ބަނދި، ޅެން، ރައިވަރުކިޔުން، ޑްރާމާކުޅުމާއި، މަދަހަކިއުމާއި ނެށުން ހިމެނެއެވެ.

އައިޑިއަލް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޙުސެއިން ވިދާޅުވީ މި ޓެލެންޓްޝޯވ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމާއެކު، މީގެ ސަބަބުން ދަރިވަރުންގެ އިޖްތިމާޢީ، ދީނީ، އަދި އަޚުލާޤީ މެސެޖްތަކެއް ލިބިގެންދިއުން ކަމަށެވެ. އަދި ދަރިވަރުންގެ ޢާންމު ދިރިއުޅުމަށްވެސް ގިނަގުނަ ހެޔޮބަދަލުތަކެއް އަންނާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މިއީ އައިޑިއަލް ސްކޫލުން ޓެލެންޓްޝޯ ބޭއްވި ފުރަތަމަ އަހަރު ނަމަވެސް، ކުރިއަށްއޮތް ތަނުގައި މިފަދަ އިތުރު ޓެލެންޓްޝޯވް ތަކެއް ބާއްވާނެކަމަށް އެ ސްކޫލުން ބުނެއެވެ. ދެދުވަހަށް ދިގުދެމިގެންދާ މި ޓެލެންޓް ޝޯވ ގައި އެ ސްކޫލުގެ ހުރިހައި ގްރޭޑެއްގެ ދަރިވަރުން ބައިވެރިވިއެވެ.