ޚަބަރު

ތެޔޮ އުފުލާ ބޯޓެއްގައި ޖެހި ދޯންޏެއް އަޑިއައް ހިނގައްޖެ


ބ.މާމަޑުއްވަރިން ފުރައިގެން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏަކާއި ތެޔޮ ބައުޒަރެއް ޖެހި ދޯނި އަޑިއައް ހިނގައްޖެއެވެ.

ރޭ ފަތިހު 4:45 އެހާކަށްހާއިރު ހިނގާފައިވާ މިހާދިސާގައިބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށާ، ދޯނީގައި ތިބި ހަތަރު މީހުން ދޯނިއަޑިއައްދާންފެށުމުން ތެޔޮ ބޯޓަށް ނަގައި ސަލާމަތް ކޮށްފައިވާ ކަމަށްވެސް ސިފައިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ ކ.ޒިޔާރަތްފުށި ކައިރީގައި ރޭ ފަތިހު ހިނގި އެކްސިޑެންޓުގައި އަޑިއައް ގޮސްފައިވަނީ"ރަމްކޮ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯޏެއްކަމަށެވެ. މިދޯނި ޖެހުނީ "ހޯކް" ކިޔާ ތެޔޮ ބައުޒަރެއްގައެވެ. މިހާދިސާގައި 23 މީޓަރުގެ ދިގު މިދޯނީގެ ކޮޅުން މައްޔާ ފަޅައިގެންގޮސް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުންބުނެއެވެ.

ފުލުހުން އެ ހާދިސާ ތަހުގީގު ކުރަމުން އަންނައިރު އެކަން ހިނގަން މެދުވެރި ސަބަބެއް އަދި ހާމަކޮށްފައެއްނުވެއެވެ.