ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ


މިއަދު ހެނދުނުންފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ހިނގާމީހުންނާއި ދުއްވާތަކެއްޗަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.

މެދުކެނޑުމެއްނެތި ތިން ގަޑިއެއްހާއިރު ވާރޭވެހުނުއިރު، މާލޭގެ މަޖީދީމަގާއި އަމީނީ މަގާއި އެނޫންވެސް ބޮޑެތި ބައެއް މަގުތަކުގައި ވަރަށްބޮޑަށްފެންބޮޑުވެ ދަތިތަކާ ކުރިމަތިވިއެވެ. އަދި ސްކޫލްދަރިވަރުންނާއި އޮފީސް އޮފީހަށް ދާމީހުންނަށް ދަތިތަކާ ކުރިމަތިވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމައި ބެހޭ ޤައުމީ އިދާރާއިން އިލްތިމާޒް ކޮށްފައެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށެވެ. މިއާއި އެކު، މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.