ޚަބަރު

އައު މަންޙަޖާއެކު ދަރިވަރުންގެ އަޙްލާޤާއި ތަޢުލީމަށް ހެޔޮބަދަލުތަކެއް


ތަޢުލީމީ އައު މަންހަޖްގެ ސަބަބުން ދަރިވަރުންގެ ތައުލީމަށާއި އަޙްލާގަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ 2015 ވަނައަހަރުން ފެށިގެން ޢަމަލުކުރަންފެށި ތަޢުލީމީ އައު މަންޙަޖަކީ 21 ވަނަ ގަރުނަށް އެކަށީގެންވާ ޒަމާނީ މަންޙަޖެއް ކަމަށެވެ. އައު މަންހަޖުގެ ދަށުން ގްރޭޑް 8 އާ ހަމައަށް އުނގަންނައިދެމުން ދާއިރު، ފޮތްތަކުން ކިޔަވައިދިނުމުގެ އިތުރުން ކުދިންގެ އަޙްލާގާއި ހުނަރާ ގުޅުންހުރި މުޅިން އައު ކަންތައްތަކެއް އައު މަންޙަޖާއެކު ތަޢާރަފްވެގެން ގޮސްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ތަޢުލީމީ މަންޙަޖަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ދަރިވަރުންގެ ތަޢުލީމަށާއި އަޙްލާގަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

އައު މަންޙަޖުގެ ދަށުން ސާނަވީ ގްރޭޑްތަކަށް ޤުރުޢާން، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން އަދި ސޯޝަލް ސްޓަޑީޒް ވަނީ މަޖުބޫރު މާއްދާތަކެއް ގޮތުގައި ހަމަޖައްސާފައެވެ.

ސްކޫލުތަކުގައި ތަންފީޒް ކުރަމުން އަންނަ ޤައުމީ އާ މަންހަޖުގެ މައިގަނޑު މަސްދަރެއްކަމުގައި ބައްލަވާފައިވާނީ އިސްލާމްދީނެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތެއް ކަނޑައަޅާ އެކަމަށް ހާއްސަ ސަމާލްކަމެއްދީގެން ހުރިހާ ކުދިންނަކީވެސް މުޖްތަމައު ބަލައިގަންނަ ކުދިން ތަކަކަށް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދަނީ ހާއްސަ ސަމާލުކަމެއްދެމުންނެވެ.