ޚަބަރު

އެންޑުރޫ ހީލީ ބީ.އެމް.އެލްއިން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި


ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އެންޑުރޫ ހީލީ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ބީއެމްއެލްގެ މަޤާމުތަކުން އިސްތިއުފާ ދެއްވުމަށް އެންޑުރޫ ހީލީ ނިންމެވީ، އިނގިރޭސިވިލާތުގައި ބެންކިންގ އަދި ފައިނޭންޝަލް ޚިދުމަތްތައް ދެމުންދާ ކުންފުންޏެއްކަމަށްވާ ލީކް ޔުނައިޓެޑް ބްލިޑިންގ ސޮސައިޓީގެ ޗީފް އެކްޒެކެޓިވްގެ މަޤާމު ލިބިވަޑައިގަތުމާ ގުޅިގެނެވެ. ލީކް ޔުނައިޓެޑް ބްލިޑިންގ ސޮސައިޓީން ބުނެފައިވަނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ކުރީކޮޅު އެންޑްރޫ އެކުންފުނީގެ ސީއީއޯގެ މަޤާމާ ހަވާލުވެވަޑައިގަންނަވާނެކަމަށެވެ.

ބީއެމްއެލުން ބުނީ ނޮވެމްބަރުމަހުގެ ނިޔަލަށް އެންޑުރޫ މަޤާމުގައި ހުންނަވާނޭކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމްޑީގެ މަގާމު ފުރުއްވަމުން ގެންދަވާ އެންޑްރޫ ހީލީ ވަނީ ބީއެމްއެލްއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ.