ޚަބަރު

އެމެރިކާއިން ރާއްޖެއަށް އައު ސަފީރަކު ކަނޑައަޅައިފި


ދިވެހިރާއްޖެއާއި ސްރީލަންކާއަށް އެމެރިކާއިން އާ ސަފީރަކު ކަނޑައަޅައިފިއެވެ.

އެމެރިކާ އިން ރާއްޖެ އަށް އަލަށް ކަނޑައެޅީ ނޭޕާލުގައި މިހާތަނަށް އެމެރިކާ ސަފީރެއްގެ ގޮތުގައި ހުންނެވި އެލައިނާ ޓެޕްލިޓްޒްއެވެ. އޭނާ މަގާމުގެ ހުވާ ކުރެއްވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އަންޑަ ސެކްރެޓަރީ ޑޭވިޑް ހޭލްގެ ކުރިމަތީގައެވެ. އެލައިނާ މީގެ ކުރިން ވަނީ އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަނގުލަދޭޝްގެ އިތުރުން މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި އެމެރިކާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ސްރީލަންކާއާއި ދިވެހިރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ އަތުލް ކެޝަޕްއެވެ. ކެޝަޕް ސަފީރު ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.