ޚަބަރު

ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެނޭ - ޑިފެންސް މިނިސްޓަރ


ދިވެހި ސިފައިންނަކީ ވަރަށް ޕްރޮފެޝަނަލް ބައެއްކަމަށާ، ރިޔާސީ އިންތިޚާބަށްފަހު މިހާތަނަށް އައިއިރުވެސް ސިފައިންގެ ފަރާތުން ސިޔާސީ ކަމެއް ފެނިގެން ގޮސްފައިނުވާ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހާގުޅޭގޮތުން ސިފައިން ދެކޭގޮތްކަމަށްބުނެ ލިޔެފައިވާ ލިއުންތަކެއް ކަޅުތުއްކަލާ ކޮށީގެ ތެރެއަށް އުކާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވަމުންދަނިކޮށެވެ.

ޑިފެންސް މިނިސްޓަރ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެެއްގައި ބުނފައިވަނީ ދިވެހި ސިފައިންނަކީ ސިޔާސީ ކަންކަމާ ދުރުހެލި އަދި ދުރުހެލިވާންޖެހޭ ބައެއްކަމަށާ، ރިޔާސީ އިންތިޚާބަށް ފަހު ވެސް މިހާތަނަށް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެންނަކަމަށެވެ.

ކަޅުތުއްކަލާ ކޮށީގެ ތެރެއަށް އުކާފައިވާކަމަށްބުނާ ލިޔުންތަކުގައި ބުނެފައިވަނީ، އެ ލިއުންތަކަކީ ޤާނޫނާ ޚިލާފް އެއްވެސް އަމުރަކަށް ސިފައިން ބޯނުލަނބާނެކަމަށްބުނެ، ސިފައިންގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދޭ މެސެޖެއްކަމަށެވެ.