ޚަބަރު

އޭޑީކޭގެ 2ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ނޮވެންބަރު މަހު


އޭޑީކޭ ހޮސްޕިޓަލުގެ 2ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ނޮވެންބަރު މަހުގެ ބާއްވަނީއެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނިގޮތުގައި މިއަހަރުގެ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 6އިން 7އަށް ޕެރަޑައިސް އައިލެންޑު ރިސޯޓުގައިކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކުރާ މިކޮންފަރެންސަކީ ސިކުނޑިއާއި މައިބަދައިގެ މައްސަލަތަކަށް ދެވޭ ފަރުވާދިނުމާބެހޭގޮތުން މިކަމަށް ޚާއްސަ ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ މެދުގައި މަޝްރާކޮށް މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވޭ ކޮންފަރެންސެއްކަމަށެވެ.

މިގޮތުން ސިކުނޑިއާއި މައިބަދައިގެ ބަލިތަކާއި މިބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ދިރާސާތަކާއި، މިދާއިރާގައި ބޭސްފަރުވާ ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ އީޖާދުތަކާ، ހޯދުންތައް އަދި އުފެއްދުންތަކާބެހޭ ގޮތުންވެސް މި ކޮންފަރެންސްގެތެރެއިން މަޝްވަރާކުރެވޭނެކަމަށް އޭޑީކޭއިން މަޢުލޫމާތުދެއެވެ. މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވުމަށްވެސް ހަމަޖެހިފައިވާކަމަށް އޭޑީކޭއިން ބުނެއެވެ.