ޚަބަރު

ސިފައިންގެ އެކުވެރި ކުންފުނީގެ ނަމުގައި ރައީސް އާ ކުންފުންޏެއް އުފައްދަވައިފި


ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ސިފައިންގެ ވެލްފެއަރގެ ކަންކަން ކުރިއެރުވުމަށް ކުރަންޖެހޭ ވިޔަފާރިތައް ކުރުމަށްޓަކައި "ސިފައިންގެ އެކުވެރި ކުންފުނި ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފިއެވެ.

މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެކެވެ.

މި ކުންފުނީގެ ރައުސުލްމާލަކީ 10 ރުފިޔާގެ އެއްސަތޭކަ މިލިޔަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 1 ބިލިޔަން ރުފިޔާއެވެ.
ރައީސް ޢަބްދުﷲ ޔާމީން އަލަށް އުފެއްދެވި މި ކުންފުންޏާއެކު ސިފައިންގެ ވެލްފެއަރ އާއި މާލީ ކަންކަން އިތުރަށް ރަނގަޅު ކުރެވިގެންދާނެކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.