ޚަބަރު

މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފި


މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ޚިދުމަތް ދެމުންގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ބުނީ ފެރީގެ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ ސިނަމާލެ ބުރިޖް ހުޅުވުމާ ގުޅިގެން ފެރީ ބޭނުންކުރާ މީހުންގެ އަދަދު މަދުވުމުންކަމަށެވެ.

އެމްޓީސީސީން ބުނީ ކުރިން ކޮންމެ 20 މިނެޓަކުން ފެރީ ދަތުރުތައް އޮތް ނަމަވެސް، މިހާރު ފެރީ ދަތުރު އޮންނާނީ ކޮންމެ 15 މިނެޓަކުންކަމަށެވެ. ނަމަވެސް މީހުން ގިނަވާ ވަގުތުތަކުގައި ކޮންމެ 10 މިނެޓަކުން ފެރީ ދަތުރު އޮންނާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.

އެމްޓިސީސިން ބުނީ ސިނަމާލެ ބުރިޖު ހުޅުވުމާ ގުޅިގެން މާލެއާއި ހުޅުމާލެއާ ދެމެދު ފެރީ ދަތުރުކުރާ ފަރާތްތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. މިގޮތުން ކުރިން ދުވާލަކު ގާތްގަނޑަކަށް ބާވީސް ހާސް މީހުން ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރިނަމަވެސް މިހާރު ދުވާލަކަށް ގާތްގަނޑަކަށް ދަތުރުކުރަނީ 7000 މީހުން ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ފެރީގެ ގަޑިތަކަށް ބަދަލުގެނެސްފައިވާއިރު އެމްޓިސީސީން ވަނީ ސައިކަލު ފެރީތަކަށް އޮންނަ ޑިމާންޑު ކުޑަވުމުގެ ސަބަބުން ސައިކަލު ފެރީގެ ޚިދުމަތް ހުއްޓާލާފައެވެ. މިގޮތުން ސައިކަލު އުފުލުމަށް ޚާއްސަކޮށްފައިވާ ސައިކަލު ފެރީގެ އިތުރުން، ޢާއްމުން އުފުލުމަށް ދަތުރުކުރާ ފެރީތަކުގައިވެސް ސައިކަލު ގެންދިއުން ވަނީ ހުއްޓާލާފައެވެ.