ޚަބަރު

މާރާމާރި ހިންގަން އުޅުނު ބަޔަކު ހުއްޓުވައި 5 މީހަކު ހައްޔަރުކޮށްފި


މާލޭގައި މާރާމާރި ހިންގަން އުޅުނު ބަޔަކު ހުއްޓުވައި 5 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ މާރާމާރީ ހިންގަން ތައްޔާރުވެ ފިހާރަޔަކުން ވަޅިތަކެއް ގަނެގެން ދިޔަގުރޫޕެއްގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންބުނީ އެމީހުން ވަޅިތަކާއި އެކު ހައްޔަރުކުރީ ވަޅިތައް ގަނެގެންގޮސް، ކާނިވާ ސަރަހައްދު ޕެޓްރޯލް ޝެޑްގައި ތިއްބާ ފުލުހުން ފެނުމުން ފިލަން މަސައްކަތް ކުރަނިކޮށް ހުއްޓުވުމަށް ފަހުގަކަމަށެވެ.
މާރާމާރީ ހިންގަން އުޅުނު ފަސް މީހުން ހައްޔަރުކޮށްފައިވާއިރު މިމައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.