ޚަބަރު

ފުވައްމުލައް ސިޓީގައި ފެނުގެ ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


ފުވައްމުލައް ސިޓީގައި ފެނުގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސިޓީގައި ފެނުގެ ޚިދުމަތްދޭ، ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނުގައިވަނީ ފުވައްމުލައް ސިޓީގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޢާއްމުކޮށް އެސިޓީގެ ގޭބިސީތަކަށް ފެންދޫކުރުމަށް މިހާރު ތައްޔާރުވަމުން ދާކަމަށާ، ގޭގެއަށް ފެނުގެ ޚިދުމަތް ދިނުމުގައި މިވަގުތު ކަނޑައަޅާފއިވާ އުސޫލަކީ ފެނުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް އެޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

އެހެކަމުން ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމު ފެނަކައިގެ ފުވައްމުލަކު ބުރާންޗުން ލިބޭނެކަމަށާ، އެފޯމާއެކު ހުށައަޅަށް ޖެހޭތަކެތި ފުރިހަމަކުރުމަށްފަހު ފޯމު ހުށަހެޅުމުން ފެނުގެ ޚިދުމަތް ލިބޭނެކަމަށް ފެނަކައިން ބުނެއެވެ.