ޚަބަރު

އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި


އުރަމަތީގެ ކެންސަރަށް ސްކްރީންކުރާ ޚާއްސަ ޕްރޮގްރާމެއް އޭޑީކޭ ހޮސްޕިޓަލުން ފަށައިފިއެވެ.
މިއީ އޮކްޓޫބަރު މަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން އޭޑީކޭއިން ކުރިޔަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

އުރަމަތީގެ ކްނސަރަށް ޢާމުން ހޭލުންތެރިކުރުވުމުގެ ހަފްތާ ފާހަގަކުރުމަށް އޭޑީކޭއިން ދަނީ މިމަހުގެ ކޮންމެ ހޮނިހިރު ދުވަހަކު އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމާ، ސްކްރީންކުރުމަށް ޚާއްސަ ޕްރޮގްރާމެއް މުޅިން ހިލޭ ހިންގަމުންނެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް ހޮނިހިރު ދުވަހު ހެދުނު ނުވަޔަކާއި މެންދުރު ބާރަޖެހުމާދެމެދު އޭޑީކޭގެ ބްލޮކް އޭގެ ރޫމް 22 ގައި އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ބައި މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ގެންގޮސްފައިވާއިރު، ސްކްރީންކުރުމަށް 42 މީހުން އައިސްފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނޭ. އޭޑީކޭއިން ބުނީ މީގެތެރެއިން 24 އިންސަތަ މީހުން އިތުރު ޓެސްޓްތައް ހެދުމަށް ލަފާދީފައިވާކަމަށެވެ.

އުރަމަތީގެ ކެންސަރަކީ ކުރިން ދެނެގަނެވިއްޖެނަމަ އެބައްޔަށްފަރުވާދީ މީހާގެ ފުރާނައަށް ނުރައްކާވާ ހިސާބައް ދިއުމުގެ ކުރިން ރަގަނޅުކުރެވޭ ބައްޔެކެވެ. ގައިންގަޔަށް ނާރާބަލިތަކުގެ ތެރެއިން ކެންސަރަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވުމަށް މެދުވެރިވާ ބަލިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.