ޚަބަރު

އަގު ބޮޑު އިނާމުތަކަކާއެކު ޓީޗަރުންގެ ދުވަސް އައްޑޫ ެސިޓީގ ދެ ސްކޫލެއްގަ ފާހަނގަކޮށްފި


ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް އައްޑޫ ސިޓީ ސްކޫލްތަކުން ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. މިގޮތުން، އައްޑޫސިޓީ ހުޅުމީދޫ ޝަމްސުއްދީން ސްކޫލާއި، ހުޅުދޫ ސްކޫލުން މި ޙަރަކާތްތައް ފާހަނގަ ކޮށްފައި ވަނީ އަގު ބޮޑު އިނާމު ތަކަކާއި އެކުގައެވެ.

ޝަމްސުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން ބޭއްވި ޑިނަރ ނައިޓްގައި އެ ސްކޫލުގެ މުދައްރިސުންގެ ތެރެއިން ނަޞީބުވެރި ފަރާތްތައް ހޮވައި އެފަރާތްތަކަށް ވަނީ ގިނަގުނަ އިނާމުތަކެއް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ފާހަނގަ ކޮށްލެވެނީ ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަދިޔާކުރި ޢުމްރާ ދަތުރާއި، އައްޑޫވިމެންސް އެސޯސިއޭޝަނުން ދިން އޮސްޓްރޭލިއާ ދަތުރުގެ އިތުރުން އެވިޑް ކޮލެޖުން ހަދިޔާކުރި މާސްޓަރ އޮފް ޕްރައިމަރީ އެޑިއުކޭޝަން ސްކޮލަރޝިޕެކެވެ. މީގެ އިތުރަށް މޯލްޑިވިއަނުން ދެ މުދައްރިސަކަށް މާލެ ގަން ދެކޮޅު ޓިކެޓް ދިނެވެ.

ޝަމްސުއްދީން ސްކޫލުގެ އިތުރުން، ހުޅުދޫ ސްކޫލްގަވެސް ޓީޗަރުންގެ ދުވަސް ފާހަގަ ކުރީ މިފަދަ ބޮޑެތި އިނާމުތަކަކާއި އެކުގައިއެވެ. މުވައްޒަފުންނަށް ދިން ހަދިޔާތަކުގެ ތެރޭގައި ތައިސީރު ހައްޖު އެންޑް ޢުމްރާ ޓްރެވެލްސް ، އަސްކޮއި ޙައްޖު އުމްރާ މޯލްޑިވްސް ގްރޫޕް ޢުމްރާއިން އަދި ނިމްސާ އަލް ހައްޖު ވަލް ޢުމްރާއިން ހަދިޔާކުރި ޢުމްރާ ދަތުރު ފާހަގަ ކޮށްލެވެއެވެ.

މި ޙަރަކާތްތައް ހިންގުމުގައި ސްކޫލުގެ ޕީޓިއޭގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ދެ ސްކޫލުންވެސް ފާހަގަކުރެއެވެ. ޝަމްސުއްދީން ސްކޫލާއި ހުޅުދޫ ސްކޫލްގެ އިތުރުން، އައްޑޫ ސިޓީ ގެ އެހެނިހެން ސްކޫލް ތަކުގަވެސް ޓީޗަރުންގެ ދުވަސް މިއަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ. މީގެ ތެރޭގައި ކެންގަރޫ ސްކޫލުން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ގައި ބޭއްވި ޙަރަކާތްތަކާއި، އެކި ސްކޫލުތަކުން އެކި ތީމްތަކަށް ބޭއްވި ޙަރަކާތްތަށް ފާހަގަ ކުރެވެއެވެ.