ޚަބަރު

ޖަޕާނުގެ ބޮޑުވަޒީރު ކެބިނެޓަށް ބަދަލުގެންނަވައިފި


ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އޭނާގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

އަބޭ ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި ގިނަ ވުޒާރާތަކެއް ޝާމިލުވިނަމަވެސް މާލީ ވުޒާރާއާއި އިޤުތިޞާދާބެހޭ ވުޒާރާ އަދި ޚާރިޖީ ވުޒާރާގައި ތިއްބެވި ވަޒީރުން ބަދަލުކުރައްވާފައެއްނުވެއެވެ.

އަބޭ އިޢުލާންކުރެއްވި އައު ކެބިނެޓްގައި 19 ވަޒީރުން ހިމެނޭއިރު އޭގެތެރޭގައި ހިމެނެނީ އެންމެ އަންހެން ބޭފުޅެކެވެ. އަބޭ ޖަޕާނުގެ ކެބިނެޓަށް ގެނައީ މިހާރުގެ ހާލަތު ނިޔާކުރާގޮތުން ގެންނަންޖެހުނު ބަދަލުތަކެއް ކަމަށް ކެބިނެޓްގެ ސެކްރެޓަރީ ޔުޝިހީދީ ސޫޖާ ވަނީ ސިފަކުރައްވާފައެވެ.

2006 އާއި 2007 އާ ދެމެދު ޖަޕާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ 2011 ވަނަ އަހަރާ ހަމައަށް އަވަސް އަވަހަށް ސަރުކާރުތައް ވެއްޓިފައިވެއެވެ.

ނަމަވެސް 2012 ވަނަ އަހަރު ޖަޕާނުގެ ބޮޑުވަޒީރު ކަމާ ޝިންޒޫ އަބޭ ހަވާލުވެވަޑައިގަތުމަށްފަހު އެ ޤައުމުގެ ސިޔާސީ މަސްރަހު ވަނީ ހަމައަކަށް އެޅިފައެވެ.