ޚަބަރު

މޯދީ، އިބްރާހިމް މުހައްމަދު ސާލިހުއަށް މަރުޙަބާ ދަންނަވައިފި


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސާލިހުއަށް މަރުޙަބާ ދަންނަވައިފިއެވެ.

މަރުޙަބާ ދެންނެވުމަށް އިބްރާހިމް މުހައްމަދު ސާލިހުއަށް ފޯނުން ގުޅުއްވާ، ނަރެންދުރަ މޯދީ ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އިބްރާހިމް މުހައްމަދު ސާލިހުއަށް މޯދީ ދައުވަތު އެރުވިކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާއިން އިބްރާހިމް މުހައްމަދު ސާލިހުއަށް މަރުޚަބާ ދަންނަވާފައިވާއިރު، އެމެރިކާއިންވެސް ވަނީ އިބްރާހިމް މުހައްމަދު ސާލިހުއަށް މަރުޙަބާ ދަންނަވާފައެވެ.