ޚަބަރު

ޤާނޫނީ އިމުގެ ތެރެއިން ބާރުތައް ބަދަލުކުރަން އިބްރާޙީމް މުޙައްމަދު ޞޯލިޙު ގޮވާލައިފި


ޤާނޫނީ އިމުގެ ތެރެއިން ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާޙީމް މުޙައްމަދު ޞޯލިޙު ގޮވާލައްވައިފިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މިރޭ ސޯލްޓު ކެފޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ އިބްރާޙީމް މުޙައްމަދު ޞޯލިޙު ވިދާޅުވީ މިއީ އުފާވެރި ދުވަހެއް ކަމަށާއި ބޮޑު އަޤުލަބިއްޔަތުން އިންތިޚާބު ކާމިޔާބުވުމުން ދިވެހި ރައްޔިތުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

އިބްރާޙީމް މުޙައްމަދު ޞޯލިޙު ވިދާޅުވީ ރާއްޖެ އެހެން ޙާލަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އެއްބާރުދެއްވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާ ކަމަށެވެ. އަދި ތަފާތު އެއްކިބާކޮށް އިންސާފުގެ މަގަށް ޖާގަ ދެއްވުމަށް ވެސް އިބްރާޙީމް މުޙައްމަދު ޞޯލިޙު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.