ޚަބަރު

ރިޝްވަތު ބަހަމުންދާ މައްސަލައަކާ ގުޅިގެން އިބޫގެ ކެމްޕެއިން އޮފީހަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެއްޖެ


ރިޝްވަތުގެ ގޮތުގައި ފައިސާ ބަހަމުންދާކަމުގެ ތުހުމަތުގައި ކޯޓު ޢަމުރެއްގެ ދަށުން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން އޮފީހަށް ފުލުހުން ވަދެ، ބަލާ ފާސްކުރަން ފަށައިފިއެވެ.

ފުލުހުން އެތަން ބަލާ ފާސްކުރަމުންދަނީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި، މއ. ޗަނބޭލީމާގެ އަހުމަދު ޝާހިދު(ސާބެ)އާއި އިތުރު ބަޔަކު ބައިވެރިވެގެން އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން އޮފީސް ހިނގަމުންދާ މާފަންނު ޝައިންޓްރީ ބިލްޑިންގައި ފައިސާ ބަހަމުންދާކަމުގެ ތުހުމަތުގައެވެ.

ބަލާ ފާސްކުރުމަށް ސައުވީސް ގަޑިއިރުގެ މުހުލަތެއް ދީފައިވާއިރު، ފުލުހުން ދަނީ މާފަންނު ޝައިންޓްރީ ބިލްޑިންގެ ހުރިހާ ފަންގިފިލާއެއް ބަލާ ފާސްކުރަމުންނެވެ.