ޚަބަރު

ނަޝީދު މަސައްކަތްކުރަނީ ފުލުހުންނާ މެދު ނަފްރަތު އުފައްދަން- ފުލުހުން


ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކަމުންދަނީ ފުލުހުންނާ މެދު ނަފްރަތު އުފެއްދުމަށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން މިހެން ބުނީ، ފުލުހުންގެ ޔުނިފޯމުގައި ފުލުހުން ނޫން ފަރާތްތައް އުޅޭކަމަށް ބުނެ ނަޝީދު ވާހަކަދެއްކުމާ ގުޅިގެނެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ދިވެހި ފުލުހުންގެ މުޢައްސަސާއަކީ ކޮލިފައިޑް އަދި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ މުއައްސަސާއެއްކަމަށެވެ. އަދި ޕުލުހުން ފިޔަވައި އެހެން އެއްވެސް ފަރާތެއް ފުލުހުންގެ ޔުނީފޯމްގައި މަސައްކަތް ނުކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އިންތިހާބު ކައިރިވެފައިވަނިކޮށް އާންމުންގެ މެދުގައި ފުލުހުންނާ ގުޅޭގޮތުން މިފަދަ ވާހަކަ ދައްކަނީ ފުލުހުންނާ މެދު ނަފުރަތު އުފެއްދުމަށްކަމަށާއި، މިކަން ކުށްވެރިކުރާކަމަށެެވެ. މީގެ އިތުރުން ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް، ހަމަހަމަކަމާއިއެކުކަމަށް ޝިފާން ފާހަގަކުރެއްވިއެވެ.