ޚަބަރު

ހއ.އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ދޭން ތައްޔާރުވަނީ


ހއ.އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހއ.ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ގެ ޚިދުމަތް ފެށުމުގެ ގޮތުން އެކަމަށް ބޭނުންވާ މެޝިނަރީޒް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ޑައިލިސިސްގެ ޚިދުމަތް ދިނުމުގެ ގޮތުން ދެމެޝިން ގެނެސްފައިވާ ކަމަށާއި ވަރަށް އަވަހަށް އެޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ހއ.އަތޮޅު ހޮސްޕިޓަލަކީ ދެވަނަ ދަރަޖައިގެ ޚިދުމަތްދޭ ހޮސްޕިޓަލެކެވެ.

އައިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ރާއްޖޭގެ 6 ސަރަޙައްދަކުން މިހާރުވެސް އަންނަނީ ޑައިލިސިސްގެ ޚިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ، ރ، ލ، ނ، ގދ، އަދި ސ އަތޮޅެވެ.