ޚަބަރު

ރައީސް ޔާމީންގެ މެނިފެސްޓޯ މިރޭ އިތްފިތާހު ކުރަނީ


ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމުން މިރޭ ބާއްވާ ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މެނިފެސްޓޯ އާންމުކުރާނެކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މެނިފެސްޓޯ، ޕާޓީގެ ކައުންސިލްގެ މެންބަރުންގެ އިއްތިފާގުން މިހާރު އެންޑޯޒްކޮށްފައިވާކަމަށެވެ. މެނިފެސްޓޯ އެންޑޯޒްކޮށްފައިވަނީ އެބައްދަލުވުމުގައި ބައިވެރިވެވަޑާއިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުންކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސެއިންމަނިކު ވިދާޅުވީ، މިއަދަކީ އެޕާޓީއަށް ވަރަށް މުހިއްމު ދުވަހެއްކަމަށެވެ. ނިހާން ވިދާޅުވީ މިރޭ ބާއްވާ ޖަލްސާއަށް އެންމެ ފުރަތަމަ ދަޢުވަތު އަރުވަން ނިންމީ މާލެ ކައިރި ރަށްތަކުން ކަނޑު ދަތުރުކޮށްފައި އަންނަ ފަރާތްތަކަށް އެކަނި ކަމަށެވެ. އެހެންނަމަވެސް ޖަލްސާއަށް އައުމަށް ދުރު އަތޮޅުތަކުން އެދެމުން އެކަން ފަހިކޮށްދިފައިވާކަމަށް ނިހާން ވިދާޅުވިއެވެ.