ޚަބަރު

މާލެއަށް ލަފާ ފުރާ މީހުންނަށް ޚާއްޞަ ކެމްޕެއިން ހަރަކާތްތަކެއް ޕީޕީއެމުން ފަށައިފި


ރަށްރަށުން ބޯޓު ފަހަރުގައި މާލެ އަންނަ މީހުންނާއި، މާލެއިން ރަށްރަށްފުރާ މީހުންނާއި، މާރުކޭޓު ސަރަޙައްދުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ޕީޕީއެމުން ޚާއްސަ ކެމްޕެއިން ޙަރަކާތްތަކެއް ފަށައިފިއެވެ.

"އެއް އުޅަންދުން އަނެއް އުޅަނދަށް" މިނަމުގައި ޕީޕީއެމުން ކުރިއަށްގެންދާ މިކެމްޕޭން ޙަރަކާތަކީ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޙަރަކާތެއްކަމަށް ޕީޕީއެމުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ކެމްޕެއިން އޮފީހުގެ ފަރާތުން މަޢުލޫމާތުދެއްވަމުން އިބްރާހީމް މުއާޒް ޢަލީ ވިދާޅުވީ މިހަރަކާތުގެ ތެރެއިން މާލެ އަންނަ ފަރާތްތަކާއި ދަންޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޙާލުބަލައި، އެ މީހުންނަށް އަމާޒުކޮށްގެން ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ޕީޕީއެމުން ބުނީ ރިޔާސީ ކެމްޕެއިންގެ އެންމެ ފަހު ދުވަހާ ޖެހެދެންވެސް މިޙަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.