ޚަބަރު

ތުރާބުލުސްގައި ހަމަލާބަދަލުކުރަން ހުއްޓާލަން އެކުލަވާލި އެއްބަސްވުމާ ޚިލާފުވޭތޯ ބަލާނަން: އދ


ލީބިޔާގެ ވެރިރަށް ތުރާބުލުސްގައި، ހަމަލާބަދަލުކުރުން ހުއްޓުމަށް ގޮވާލާ ޤާއިމުކޮށްފައިވާ އެއްބަސްވުމާ ޚިލާފުވާ ފަރާތްތައް ހުއްޓުވުމަށް އދން ތައްޔާރަށް އޮތްކަމަށް އެ ޖަމާޢަތުން ލީބިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ވިދާޅުވެއްޖެއެވެ.

ތުރާބުލުސްގައި ލީބިޔާގެ ބޮޑުވަޒީރާ އަސްކަރީ އޮފިޝަލުންނާ ބައްދަލުކުރައްވާ ސަލާމަތީ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އދން ލީބިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ޣައްސާން ސަލާމް ވިދާޅުވީ، ހަމަލާބަދަލުކުރުން މަނާކުރާ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ ދެކޮޅަށް އެކަށިގެންވާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤުވާމީ ދުނިޔެއިން ތައްޔާރަށް އޮތްކަމަށެވެ.

އޭނާ ވިދާޅުވީ، އދން މިހާރު ދަނީ ލީބިޔާގައި ތިބި ބޭރުގެ ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކުރުމަށް މަސައްކަތް ކުރުމަށް ކަމަށާއި މި ބައްދަލުކުރުންތަކުގެ ބޭނުމަކީ ހަމަލާތައް ބަދަލުކުރުން މަނާކުރާ އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާ ބެހޭގޮތުން މަޝްވަރާތައް ކުރުންކަމަށެވެ.

ވޭތުވެދިޔަ ދެތިން ހަފުތާގައި ތުރާބުލުސްގައި ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެއް ހިނގި އިރު މި ކުރިމަތިލުންތަކުގައި ހަތްދިހަ އަށް މީހުން މަރުވެ ދުވިސައްތަ ދިހަ މީހުން ވަނީ ޒަޙަމުވެފައެވެ. ލީބިޔާގައި ހަރަކާތްތެރިވާ އދގެ މިޝަންގެ މަސައްކަތުން ހަމަލާތައް ބަދަލުކުރުން މަނާކުރާ އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ ހުސްވި ހަފުތާގައެވެ.

އެހެންނަމަވެސް، ކުރިމަތިލުންތަކުގައި ބައިވެރިވި އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތުން ދަނީ މި އެއްބަސްވުމާ ޚިލާފުވާނެކަމުގެ އިންޒާރުތައް ދެމުންނެވެ.