ޚަބަރު

ރާއްޖެދަނީ އަމިއްލަ ފައިމައްޗައް ތެދުވެފައިވާ ޤައުމަކަށް ވަމުން - އިކޮނިމިކް މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޢަމަޒަކީ ދިވެހިރާއްޖެއަކީ ބޭރުޤައުުތަކަށް ބަރޯސާނުވެ، އަމިއްލަ ޤައުމުގެ މުއްސަނދިކަން އިތުރުކުރުކުރުމަށް މަސައްކަތްކުރާ އަދި އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ޤައުމަކަށް ހެދުންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މިއަމާޒަށް ވާޞިލްވުމުގެ މަސައްކަތްތައް މިހާރުވެސް ކާމިޔާބުވަމުންދާކަން ފެންނަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ސަބްމެރިން ކޭބަލެއް އަޅުމުގެ މަޝްރޫޢެއް ފަށްޓަވާނެކަމަށް ރައީސް ޔާމީން ޢިއުލާންކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވައި މިނިސްޓަރ ވިދާޅުވީ މިމަޝްރޫޢުއަކީ ރައީސް ޔާމީންގެ ތަރައްޤީގެ އަމާޒަށް ވާޞިލްވުމަށް ކުރައްވަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށެވެ.

ބޭރުޤައުމުތަކަށް ބަރޯސާބެގެން ކުރަންޖެހިފައިވާ ބައެއްކަންކަމާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަކަތަ އުފެއްދުމަށް ރާއްޖެއެތެރެކުރާ ތެޔޮ ގެނައުމަށް ބޭރު ޤައުމުތަކުން ޓޭންކަރު ކުއްޔަށްހިފައިގެން މަސައްކަތްކުރުމަކީ މިހާތަނަށް ބޮޑެތި ޚަރަދުތަކެއް ހިނގަމުންދިޔަކަމެއްކަމަށެވެ.
މިކަމަށް ޙައްލުގެނައުމަށްޓަކައި ސަރުކާރުންވަނީ ތެޔޮޓޭންކަރެއް ގަނެ ރާއްޖޭގެ އަމިއްލަ ތެޔޮ ޓޭންކަރެއް ހޯދައި، ރާއްޖޭގައި ތިން މަސްދުވަހުގެ މުއްދަތަށް ވާވަރަށް ތެޔޮ ރައްކާކުރެވޭނެ ނިޒާމުވެސް ޤާއިމުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެކުރިން ރާއްޖޭގައި ތެޔޮރައްކާކުރުމުގެ ފުރުސަތު އޮތީ އެންމެމަހަކަށް ބޭނުންކުރެވޭ މިންވަރަށެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ ވާހަކަފުޅުގައިވަނީ މުސްތަޤުބަލުގައި ރާއްޖޭގެ ތަރައްޤީގެ ކަންކަމާއި، ޢާއްމު ޚިދުމަތުގެ ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ ވަޞީލަތްތައް ބޭރަށް ބަރޯސާނުވެ ރާއްޖެއިން ލިބެން ހުންނާނެ ނިޒާމެއް ރައީސް ޔާމީން ޤާއިމުކުރައްވާފައިވާކަން ފަހަގަކުރައްވާފައެވެ.

އެގޮތުން ފަޅުތައް ހިއްކައިގެން ރާއްޖޭގެ އިޤްތިސާދު ފުޅާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ބޭރަށް ބަރޯސާނުވެ ކުރެވޭނެހެން މަހާޖައްރާފު ގެންނަވައި އޭގެ މަންފާ މިހާރުވެސް ލިބެން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޕްރެސް ކޮޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޕީޖީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅާކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ސްޕްރީމް ކޯޓަށް ބާރުފޯރުވައިގެން ހިންގަން އުޅުނު ޢަމަލަކީ ނުރައްކާރެރި ބަޤާވާތެއްކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ދިވެހި ރައްޔިތުން އަބަދުވެސް ހަނދާނކުރަންޖެހޭކަމަށާ، އެފަދަކަމަކަށް އިތުރު ފުރުސަތު ދީގެންނުވާނެކަމަށެވެ.