ޚަބަރު

ޑރ.ޝަހީމް ދ.އަތޮޅަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު، ރިޔާސީ އިންތިޚާބަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ނިލަންދެ އަތޮޅު ދެކުނުބުރިއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ.ޝަހީމް ދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ދ.ކުޑަހުވަދޫއަށެވެ. ކުޑަހުވަދޫއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި. އަދި އެރަށު ރައްޔިތުންނާ ބައްދަލުކޮށް، ހާލު އޮޅުން ފިލުއްވެވިއެވެ.

ކުޑަހުވަދޫއަށްފަހު ޑރ. ޝަހީމް ވަޑައިގަތީ މީދޫއަށް. މީދޫއަށް ވަޑައިގަތުމުންވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި އެރަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައިވާއިރު، މިރޭ އެރަށުގައި ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާޢީދު އިތުރު ކުރެއްވުމަށް ޑރ.ޝަހީމް ދއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަނޑިދޫ އާއި ރިނބުދޫ އަދި ހުޅުދެއްޔަށް ޝަހީމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.