ޚަބަރު

ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓުގަ ސޮއި ކުރަން ފަށައިފި


ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ އިރުއޮއްސި 6 އެއް ޖެހުމާއި ހަމައަށް ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިޔަށްދާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން އެކޮމިޝަނަށް ޖުމުލަ 78 ޝަކުވާއެއް ހުށަހެޅިކަމަށާއި، ސޮއިކުރަނީ ،މި ޝަކުވާތަށް ބެލުމަށްފަހު ޢާއްމުކުރި ވޯޓާސް ލިސްޓުގައި ކަމަށެވެ. މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަރާތުން 25 މަންދޫބަކަށް 24 ގަޑިއިރު ލިސްޓުގައި ސޮއިކުރުމުގެ އިންތިޒާމު އެކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ 23 ސެޕްޓެމްބަރުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކުރާނީ ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓުކަމަށެވެ.