ޚަބަރު

ރައީސް ޔާމީން، ލ. ހިތަދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ލ. ހިތަދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ޔާމީން، ލ. ހިތަދޫ ބަނދަރު ހުޅުއްވައިދެއްވާފައިވަނީ އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހިތަދޫއަށް ވަޑައިގެންނެވެ. ރައީސް ވަނީ ބަނދަރު އިފްތިތާހްކޮށްދެއްވުމަށްފަހު ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. ރައީސް ޔާމީން ހިތަދުއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެެއް ކިޔާފައެވެ.

ދައުލަތުގެ ބަޖެޓުން 53 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މިބަނދަރަކީ 750 ފޫޓު ދިގު 300 ފޫޓު ފުޅާ ބަނދަރެކެވެ. މި މަޝްރޫޢުގެ ދަށުން 417 މީޓަރުގެ އެއްގަމު ތޮއްޓަކާއި 42 މީޓަރުގެ ބޭރުތޮއްޓެއްވެސް ވަނީ ލާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން 2014 ވަނަ އަހަރު ފެށި މި މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢު ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.