ޚަބަރު

އަލްޙާން ފަހުމީ ޕީޕީއެމްއާ ގުޅިވަޑައިގެންފި


ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް،ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

އަލްހާން ފަހްމީ ޕީޕީއެމްއާ ގުޅިވަޑައިގަތީ ޕީޕީއެމުން "ބްރިޖް ސަޅި" ނަމުގައި ބޭއްވި ޖަލްސާގައެވެ.

ޕީޕީއެމްއާ ގުޅިވަޑައިގަތް އަލްހާނަކީ އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

އަލްހާންގެ އިތުރުން، ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އަރުވާފައެވެ. މިގޮތުން ހުޅުމާލެއިން އަލަށް 1000 މީހުން ޕީޕީއެމްއާ ގުޅުނުއިރު، ތިނަދޫއިން 250 މީހުން ވަނީ އަލަށް ޕީޕީއެމްއާ ގުޅިފައެވެ.

"ބްރިޖް ސަޅި" ނަމުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު އަލަށް ޕީޕީއެމްއާ ގުޅުނުއިރު، މިޖަލްސާގައި ޕީޕީއެމަށް ތާޢީދުކުރާ ތިރީސް ހާހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ޕީޕީއެމުން ބުނެއެވެ.