ޚަބަރު

ބުރިޖު ހުރަސްކޮށް މާލެ ހުޅުމާލެ ބަސް ދަތުރުތައް މާދަމާ ފަށާނެ، ފުރަތަމަ 2 ދުވަސް ހިލޭ


ބުރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ބަސްދަތުރުތައް މާދަމާ ފަށާނެކަމަށް އެމްޕީއެލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ، ބުރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ބަސްދަތުރުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ވަގުތީގޮތުން ކަމަށެވެ. އަދި ފުރަތަމަ 2 ދުވަހު ނުވަތަ 3 ދުވަހު ބަސްދަތުރުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހިލޭކަމަށް އެމްޕީއެލުން ބުނެއެވެ.

ބުރިޖު ހުރަސްކޮށް ފުރަތަމަ ފަހަރަށް ބަސް ދަތުރުތައް ފަށާއިރު، ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއާއި ދެމެދު އެކަނިކަނިކަމަށް އެމްޕީއެލުން ބުނެއެވެ. އަދި މާލެއިން ހުޅުލެއަށް ބަސްދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް އެމްޕީއެލުން ބުނެއެވެ.

މާލެއިން ހުޅުލެއަށް ބަސްދަތުރު ކުރުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ވަނީ ބަސްޓާރމިނަލެއް ހަދާފައެވެ. އަދި ހުޅުމާލޭގައިވެސް ވަނީ ބަސް ޓަރމިނަލެއް ހަދާފައެވެ. އެޗްޑީސީން ބުނީ ބަސް ޓަރމިނަލް ތަރައްޤީކުރަނީ ބަހަށާއި، އެހެނިހެން ހަތަރުފުރޮޅުލީ އުޅަނދުތަކާއި، ޕްރައިވެޓް ކާރާއި، ސައިކަލްތަކަށް ވަކި ލޭނަކުން ޓަމިނަލްއަށް ވަދެވޭ ގޮތަށްކަމަށެވެ. މީގެ އިތުރުން ޓަރމިނަލް ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް އެސަރަޙައްދުގެ މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް އެޗްޑީސީން ވަނީ ބަދަލުގެނެސްފައެވެ.