ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އދ.މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައިފި


ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އދ.ގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަހިބަދޫ މަގުހެދުމުގެ ނިޒާމުގެ ނިމުން ފާހަގަކުރައްވައިފިއެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢަށް ވަނީ ދައުލަތުގެ ބަޖެޓުން ތިރީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 2015 ވަނަ އަހަރުފެށި މިމަޝްރޫޢުގެ މަސައްކަތް ނިމިފައިވަނީ މިއަހަރުގެ މަރޗްމަހުއެވެ. މަހިބަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުންވަނީ ތިނެއް ޕޮއިންޓް ހަތަރުކިލޯ މީޓަރުގެ އެކާވީސް މަގެއް ތަރައްޤީކޮށްފައެވެ.

މަހިބަދޫގެ އިތުރުން ރައްޖޭގެ އެކިރަށްރަށުގައި މަގުހެދުމުގެ މަޝްރޫޢުތައް ސަރުކާރުންގެންދަވަނީ ހިންގަމުންނެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އދ.މާމިގިލީގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އއ.މަތިވެރިއަށާއި، އއ. ތޮއްޑޫގެ އިތުރުން ދ.ކުޑަހުވަދޫއަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.