ޚަބަރު

އެމްއެމްއައިއިން މީރާގެ މުޢައްޒަފުންނަށް ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓު (އެމްއެމްއައި) އިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޕްރޮޑަކްޝަން ދާއިރާއާ ގުޅުންހުރި ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ކޯހަކީ މީރާގެ އެދުމުގެމަތިން އެމްއެމްއައިއިން ފަރުމާކޮށް ފެށި ޓްރެއިނިންގ ޕްރޮގްރާމެކެވެ.
އެމްއެމްއައިގެ ޕްރޮގްރާމްސް ކޯޑިނޭޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިޕްރޮގްރާމްގައި ޕްރޮޑަކްޝަނާ ގުޅުންހުރި ފަސް ދާއިރާއަކުން ތަމްރީން ދޭނެކަމަށެވެ.

"މި ޕްރޮގްރާމްގައި ކެމެރާކުރުމާއި، ސައުންޑާއި ލައިޓިންގ ހެދުމާއި، އެޑިޓިންގ، ޕްރޮޑަކްޝަން ހެދުން އަދި ސޯޝަލް މީޑިއާ މެނޭޖްމަންޓްވެސް ކިޔައިދޭނެ."

ޝަރީފް ވިދާޅުވިއެވެ.

ޓްރެއިނިންގ ޕްރޮގްރާމްގައި މީރާގެ ޕްރޮޑަކްޝަން ޓީމްގައި މަސައްކަތްކުރާ 5 މުވައްޒަފުން ބައިވެރިވެއެވެ. މިޕްރޮގްރާމަކީ އެއްހަފްތާއަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާގައި ކިޔަވައިދެނީ ޕީއެސްއެމްގެ ތަޖުރިބާކާރު ފަރާތްތަކުންނެވެ. މުޙައްމަދު ޝަރީފް ވިދާޅުވީ އެހެން އޮފީސްތަކުންވެސް މިފަދަ ޕްރޮގްރާމްތަކަށް އެދޭނަމަ، ޕްރޮގްރާމް ފަރުމާކޮށްދީ އެމްއެމްއައިގެ ތަކެތީގައި ކުރިއަށްގެންގޮސްދޭނެކަމަށެވެ.