ޚަބަރު

އިއްޔެ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޗައިނާ މީހާ އިތުރު ފަރުވާއަށް ބޭރަށް ފުރުވާލައިފި


 
އިއްޔެ މެންދުރު މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަންސާން އަހަރުގެ ޗައިނާގެ ފަތުރުވެރިޔާ އިތުރު ފަރުވާ ދިނުމަށް ސްރީ ލަންކާއަށް ފޮނުވާލައިފިއެވެ.
 
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، އޭނާ އޭޑިކޭއަށް ގެންދިޔައިރުވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އޭނާގެ ބޮލުގެ ދެތަނަކަށް ގެލުންވެ، ބޮލުގެ އެތެރެއަށްވެސް ލޭގެ އަސަރު ކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޗައިނާގެ ފިރިހެނަކަށެވެ. އިއްޔެ މެންދުރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީސްގެ  ހިމެނޭ ސަރަޙައްދުގައި ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 
 
 


ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، މެދުޒިޔާރަތްމަގުން އިރުން ހުޅަނގަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް، ރައްޔިތުންގެ މަޖިލިސްކުރާގެ ކައިރީގައި ފޮޓޯ ނަގަން ހުރި ޗައިނާ ފަތުރުވެރިއެއްގެ ގައިގާ ޖެހިގެން ކަމަށް. މި މައްސަލަ ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.