ޚަބަރު

"ބާރުވެރި އެ ކަނބަލުން"ގެ ނަމުގައި ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފި


ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އޮތް ތާޢީދު ދައްކާލުމަށް ހުޅުމާލޭގެ ކަނބަލުން ހިނގާލުމެއް ބާއްވައިފިއެވެ.

ދިވެހި ކަނބަލުންގެ ޝުޢޫރުތައް ފާޅުކުރުމަށްޓަކައި "ބާރުވެރި އެ ކަނބަލުން"ގެ ނަމުގައި ބޭއްވި މި ހިނގާލުމުގައި ހުޅުމާލޭގައި އުޅޭ އެކި އުމުރުފުރާގެ ގިނަ ޢަދަދެއްގެ ކަނބަލުން ބައިވެރިވިއެވެ. ހުޅުމާލޭގެ އެކި މަގުތަކުގައި ހިނގައި އެ ކަނަބަލުންވަނީ ރައީސް ޔާމީން ޤައުމަށްކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށްފައެވެ. މިގޮތުން ހުޅުމާލެ ތަރައްޤީ ކުރަމުން އަންނަ ގޮތާއި ރާއްޖެ ތަރައްޤީ ކުރައްވަމުން އަންނަ ގޮތް ފާހަގޮށް ވަނީ އެމީހުންގެ ޝުޢޫރުތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން އެމީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމާތު އިބްރާޙިމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކޮށްފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ކަނބަލުން ހިނގާލުމެއްބާވާފައިވާއިރު ރައީސް ޔާމީނަށް އޮތް ތާޢީދު ދައްކާލުމަށް ކޮންމެ ދުވަހަކުވެސް ހުޅުމާލޭގައި ހަރަކާތްތައް ކުރިއަށްދެއެވެ.