ޚަބަރު

ސިނަމާލެ ބްރިޖު ހުޅުވުން - ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ރެއެއް


ސިނަމާލެ ބްރިޖު ހުޅުވަން ބޭއްވި ރަސްމިއްޔާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ކުލަގަދަ ރަސްމިއްޔާތު

22:34 - ސަގާފީ ހަރަކާތްތަކާއެކު ސިނަމާލެ ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމީ އިޙްތިފާލު ނިންމާލައިފި. ރަސްމިއްޔާތަށްފަހު ދެން އޮންނާނީ ރަސްމިއްުޔާތުގެ އިއްޒަތްތެރިން ބްރިޖު ބައްލަވާލެއްވުން.

10:12 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެން ކުރިއަށްދާނީ ރާއްޖެއާއި ޗައިނާގެ ސަގާފީ އައިޓަމްތައް ހުށަހެޅުން
ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް އެތައްހާސް ބަޔަކު ވަނީ ޖަމާވެފައި

21:57 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެން ކުރިއަށްދާނީ ރާއްޖެއާއި ޗައިނާގެ ސަގާފީ އައިޓަމްތައް ހުށަހެޅުން

21:55 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި މިހާރު ކުރިއަށްދަނީ ދިވެހި ސަރުކާރުން ހުށަހަޅާ ޕްރެޒެންޓޭޝަނެއް

21:43 - ބްރިޖުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން - މިނިސްޓަރ މުޢިއްޒު

21:41 - މިއީ ނަނާ ހުވަފެނެއް ނޫން.. މިއީ ބިނާ ހުވަފެނެއް - މިނިސްޓަރ މުޢިއްޒު

21:38 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި މިހާރު ވާހަކަފުޅުދައްކަވަނީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު

21:31 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި މިހާރު ކުރިއަށްދަނީ ޗައިނާ ސަރުކާރުން ހުށަހަޅާ ވީޑިއޯ ޕްރެޒެންޓޭޝަނެއް

21:23 - ސިނަމާލެ ބްރިޖު ހުޅުވުމަށްފަހު ރާއްޖޭގައި މިހާތަނަށް ނުބައްވާފަދަ ފުރިހަމަ ބަޑިބޭހުގެ ކުޅިވަރުތަކެއް ދަނީ ކުރިއަށް...

ތާރީޚީ ބްރިޖު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުވައިދެއްވުން

21:14 - ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު "ސިނަމާލެ ބްރިޖު" ރަސްމީކޮށް ހުޅުވައިފި. ބްރިޖު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާޓާއޯ

21:04 - ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ބިނާއެއް - ރައީސް ޔާމީން

21:00 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި މިހާރު ވާހަކަފުޅުދައްކަވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

20:58 ސިނަމާލެ ބްރިޖު ހަޤީޤަތަކަށް ވެގެންދިޔައީ ދެޤައުމުގެ ވެރިން ގެންގުޅުއްވި ހަރުދަނާ ވިސްނުންފުޅުގެ ސަބަބުން - ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާޓާއޯ

20:57 - ލަންކާގައި ފޯރިއާއެކު ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބަލަން ދިވެހި ރައްޔިތުން އެއްވެފައި
އިދިކޮޅު އެމްޑީޕީގެ މެމްބަރުންވެސް ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ
ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު އަތޮޅުތަކުގެ ތެރޭގައިވެސް ދަނީ ފޯރިއާއެކު ބަލަމުން..
ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ލަންކާގައި އުޅޭ ދިވެހިން ފޯރިއާއެކު ދަނީ ބަލަމުން...

20:48 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާއޮތާއޮ

20:45 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައި

20:40 - ދިވެހިރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ ޕްރޮޖެކްޓް "ސިނަމާލެ" ބްރިޖު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ފެށިއްޖެ.

20:32 ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން...
20:30 ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ޖަމާވަނީ

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ދަނީ އަރޓިފިޝަލް ބީޗް ސަރަހައްދަށާއި ކާނިވާ ސަރަހައްދަށް ޖަމާވަމުން.

20:18 - ސިނަމާލެ ބްރިޖު ހުޅުވަން ތައްޔާރުވާއިރު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރަމުން
20:07 - ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބަލާލުމަށް ގިނަ އަދަދެެއްގެ ބަޔަކު ވަނީ ޖަމާވެފައި.
19:57 ސިނަމާލެ ބްރިޖު ހުޅުވުމަށް ތައްޔާރުވެފައި
ސިނަމާލެ ބްރިޖު ހުޅުވަން ތައްޔާރުވެފައިވާއިރު ސޯޝަލް މީޑިއާގައި ތަފާތު ޝުޢޫރުތައް ދަނީ ފާޅުކުރަމުން

19:48 - ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެ ރަށް ގުޅާލުމަށް ބިނާކުރި ސިނަމާލެ ބުރިޖަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ، އަދި އެންމެ އަގުބޮޑު މަޝްރޫޢު.

1.39 ކިލޯމީޓަރުގެ ސިނަމާލެ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ މުހިއްމު މަޝްރޫޢެއް.

3000 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު ސިނަމާލެ ބްރިޖާއެކު، އުމްރާނީގޮތުންނާއި އިޤްތިޞާދީގޮތުން މުޅި މާލެ ސަރަޙައްދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. ކަނޑު ދަތުރުފަތުރު ކުރުމަށްކުރާ ތަކުލީފު ބޮޑު ދަތުރުތައް ނިމި، އެއްތަނުން އަނެއް ތަނެއް މުދާ އުފުލުމަށް ކުރާ މަސައްކަތް އަވަސްވެ، ތަރައްޤީގެ ރޮނގުން މުޅިން އައު ސަފްހާއެއް ހުޅުވިގެންދާނެ.

ސިނަމާލެ ބްރިޖު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ތެރެއިން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދާނެ

19:27 - ސިނަމާލެ ބްރިޖު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ސަރުކާރާއި ދަޢުލަތުގެ އިސްވެރިންގެ އިތުރުން، ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި.

19:25 - ސިނަމާލެ ބްރިޖު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ޕީއެސްއެމްގެ ހުރިހާ ޗެނަލަކުން ލައިވްކުރާނެ.

19:18 - ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ކުލަ ގަދަ ރަސްމިއްޔާތު ބޭއްވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލާފައިވާކަމަށް ސަރުކާރުން ހާމަކުރޭ..

ސަރުކާރުން ހާމަކުރިގޮތުގައި ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ކުލަގަދަ ރަސްމިއްޔާތާއި ރަސްމިއްޔާތުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު ކާރނިވާ ސަރަޙައްދާއި އާޓިފިޝަލް ބީޗު ސަރަޙައްދުގައި ވަނީ ހަމަޖައްސާފައި. އެގޮތުން އެސަރަޙައްދުގައި ރަސްމިއްޔާތު ބަލާލެވޭ ގޮތަށް ސްކްރީންތައް ބަހައްޓާފައިވާކަމަށް ސަރުކާރުން ބުނޭ.

ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބަޑިބޭހުގެ ކުޅިވަރުތަކާއި ލޭޒަރ ލައިޓް ޝޯވގެ އިތުރުން، ޗައިނާ އާއި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި.