ޚަބަރު

ސިނަމާލެ ބުރިޖުގައި ބަހުގެ ޙިދުމަތް ދިނުމުގެ ލައިސަންސް އެމްޕީއެލްއަށް ދީފި


ސިނަމާލެ ބުރިޖުގައި ބަހުގެ ޙިދުމަތް ދިނުމުގެ ލައިސަންސް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑަށް ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

ސިނަމާލެ ބްރިޖުގައި ބަހުގެ ޚިދުމަތްދިނުމުގެ ލައިސަންސް އެމްޕީއެލްއާ ޙަވާލުކުރީ މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔަތުގައި ޓްރާންސްޕޯޓް އޮޓޯރިޓީގެ ފަރާތުން ލައިސަންސް ހަވާލުކޮށްދެއްވީ، ޗީފް އެގްޒެކްޓިވް މަހުދީ ޢިމާދެވެ. އެމްޕީއެލްގެ ފަރާތުން ލައިސަންސްއާ ހަވާލުވެވަޑައިގަތީ އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުއްރައްޒާޤު ޙަލީމެވެ.

ސިނަމާލެ ބްރިޖުގައި ބަހުގެ ޚިދުމަތްދިނުމުގެ ލައިސަންސް އެމްޕީއެލްއަށް ދީފައިވާއިރު ބުރިޖުގައި ދަތުރުކުރުމަށް 22 ބަސް ރާއްޖެ ގެންނަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 9 ބަސް މިހާރު ވަނީ ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ 50 މީހުންގެ ޖާގައިގެ ކުދި ބަސްތަކަކާއި 70 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ބަސްތައް ގެނައުމަށް ހަމަޖެހިފައިވަނީ އެކި ފަހަރުމަތިންނެވެ.