ޚަބަރު

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު މެމްބަރުންނަށްވެސް ދައުވަތު ދީފި


ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު މަޖިލިސް މެމްބަރުންނަށްވެސް ދައުވަތުދީފިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ދީފައިވާކަމަށެވެ. އޭގެތެރޭގައި ޕީޕީއެމާއި އެމްޑީއޭގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތައްކަމަށްވާ އަދާލަތު ޕާޓީއާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށްވެސް ދައުވަތުދީފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ސިނަމާލެ ބްރިޖު ހުޅުވުމަށް ކުލަގަދަ ރަސްމިއްޔާތެއް މިރޭ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.